ސްރީ ލަންކާގެ ކުރިއެރުމަށް މަސައްކަތްކޮށްފައިވާ ނޫސްވެރިންނާއި އާޓިސްޓުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދޭން ނިންމައިފި އެވެ.
އެ ގައުމުން މި އަހަރަށް ކަނޑައެޅި ބަޖެޓާ ގުޅޭ ގޮތުން ގާނޫނު ހަދާ މަޖިލީހުގައި ރައިސް އަނޫރަ ކުމާރަ ޑިސަނަޔަކަ އިއްޔެ ވިދާޅުވީ ހިދުމަތްތެރި ނޫސްވެރިންނާއި އާޓިސްޓުންނަށް ފްލެޓް ދޭން ނިންމާފައި ވަނީ ޗައިނާގެ އެހީގައި ހިންގަމުން އަންނަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ކަމަށެވެ.
އެ މަޝްރޫއުގެެ ދަށުން ލަންކާގެ ހަތަރު ސަރަހައްދެއްގައި ޖުމްލަ 1،996 ފްލެޓް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިއީ 552 މިލިއަން ޔުއާން (75 މިލިއަން ޑޮލަރު) ގެ މަޝްރޫއެކެވެ.
މި މަޝްރޫއަކީ މަދު އާމްދަނީ ލިބޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދޭން ޗައިނާގެ އެހީގައި ފެށީ މަޝްރޫއެކެވެ.
ރައީސް އިއްޔެ ވިދާޅުވީ މަޝްރޫއުގެ ތެރެއިން ކޮޓަވާ އާއި ޕަލަތުރުވަޓާގައި އަޅަމުން އަންނަ ޔުނިޓްތަކުގެ ރެއިން 108 ގައުމަށް ހިދުމަތްތެރި ނޫސްވެރިންނާއި އާޓިސްޓުންނަށް ހާއްސަކޮށްފައިވާ ކަމަށެވެ.