Last Updated: May 9, 11:16
Friday, May 9, 2025
ދުނިޔެ

80 މީހުންނާ އެކު ބޯޓެއް ވެއްޓިއްޖެ

ޖައްސަން އުޅުމުގެ ތެރޭގައި ކެނެޑާނެ ޓްރޮންޓޯ ޕިއާސަން އެއާޕޯޓަށް މަތިންދާބޯޓެއް ވެއްޓިއްޖެ އެވެ.

ކްރޫންނާ އެކު ޖުމްލަ 80 މީހުން ތިބި އެމެރިކާގެ ޑެލްޓާ އެއާލައިންސްގެ ބޯޓް ވެއްޓުނު ނަމަވެސް މި ހާދިސާގައި ބޯޓްގައި ތިބި އެންމެން ވަނީ ސަލާމަތްވެފަ އެވެ. އެކަމަކު ބޯޓްގައި ތިބި މީހުންގެ ތެރެއިން ދެ މީހަކަށާއި ކުޑަކުއްޖަކަށް ލިބުނު ސީރިއަސް އަނިޔާތަކަކާ ގުޅިގެން އެ މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާގައި ކުދިކުދި ބައެއް އަނިޔާތައް ލިބުނު އިތުރު 17 މީހަކު ވެސް ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ.

ބޯޓް ވެއްޓުނީ އެމެރިކާގެ މިނިއާޕޮލިސް އިން ފުރައިގެން ގޮސް ޓޮރޮންޓޯ އަށް ލޭންޑް ކުރަން އުޅުމުގެ ތެރޭގަ އެވެ. އޭރު ރަންވޭމަތީގައި ވަރަށް ގިނަ އަދަދަކަށް ސްނޯ ވެސް ހުއްޓެވެ. ބޯޓް ވެއްޓި ފުރޮޅާލައި، އޭގެ އެއް ފިޔަ ވެސް ބިންދައިގެން ގޮސްފައިވެ އެވެ.

އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އޮތޯރިޓީ ބުނީ ވެއްޓުނު ބޯޓް 4819 އަކީ ޑެލްޓާ އެލައިންސްގެ ސަބްސިޑަރީއެއް ކަމަށްވާ އެންޑީވާ އެއާލައިނުން އޮޕަރޭޓްކުރާ ބޯޓެއްވެއްޖެ އެވެ.