Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

މިފްކޯގެ ތިން ވެރިއަކު ވަކިކޮށްފި

ސަރުކާރުގެ މަސްކުންފުނި، މިފްކޯގެ ތިން ޖެނެރަލް މެނޭޖަރަކު މަގާމުން މިއަދު ވަކިކޮށްފި އެވެ.

މިފްކޯ އިން ބުނީ އެ މެނޭޖަރުން ވަކިކޮށްފައިވަނީ މެނޭޖުމެންޓު ޕާފޯމަންސް ރިވިއުއަށް ބެލުމަށް ފަހު ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިފޯމް އެޖެންޑާގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށްވުރެ ވެސް ބޮޑަށް ހަރުދަނާ ކުރުމަށް މިހާރު ކުރިޔަށްގެންދާ އިސްލާހީ އެޖެންޑާގެ ދަށުން މެނޭޖުމެންޓު ޕާފޯމަންސް ރިވިއުކޮށް ގެންނަން ޖެހޭ ވަގުތީ އަދި ދާއިމީ މުހިންމު ބަދަލުތައް މިހާރު ގެންނަމުންދާ ކަމަށް މިފްކޯ އިން ބުނެ އެވެ.

މި އެޖެންޑާގެ މަގްސަދަކީ ޒިންމާދާރުކަން ކަށަވަރުކުރުމާއި ހިންގުން ހަރުދަނާކުރުން ކަމަށް އެ ކުންފުނިން ބުނެ އެވެ.