Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ރަސްމީ ދަތުރެއްގައި ހަލީލު ލަންކާއަށް ފުރާވަޑައިގެންފި

ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަްބްދުﷲ ހަލީލް - ފޮޓޯ: ރައީސް އޮފީސް

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ލަންކާއަށް މިއަދު ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ހަލީލް ލަންކާއަށް ކުރައްވާ ދަތުރަކީ، އެ ގައުމުގެ ފޮރިން މިނިސްޓަރު އެމްއެޗް ވިޖީތާ ހެރަތުގެ ދައުވަތަކަށް ކުރާ ދަތުރެއް ކަމަށެވެ.

މި ދަތުރުގައި ހަލީލު، ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ އާއި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާ ގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތް ކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި ފޮރިން މިނިސްޓަރު ހެރަތާއެކު ރަސްމީ މަޝްވަރާތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން، ލަންކާގައި ދިރިއުޅޭ ދިވެހިންގެ އިތުރުން ލަންކާގެ ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރާ ފަރާތްތަކާއި ވެސް ހަލީލު ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.