Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ލިންކް ރޯޑް މަރާމާތުކުރުމަށް އެމްއާރްޑީސީ އާއި ހަވާލުކުރަނީ

ހިތަދޫގައި ހުރި އެމްއާރްޑީސީގެ އައްޑޫ އޮފީސް, އައްޑޫލައިވް ފޮޓޯ: ހުސެއިން ޒަހީން

އައްޑޫ ލިންކް ރޯޑާއި އެހެނިހެން މަގުތައް މަރާމާތު ކުރުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ ހަވާލު ކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހިތަދޫގައި ދާދި ފަހުން ހުޅުވި ހައުސިން މިނިސްޓްރީގެ ލޭންޑް، ބިލްޑިން އެންޑް މުނިސިޕަލް ސާވިސަސް ޑިޕާޓްމަންޓްގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ވިދާޅުވީ މަގުތައް މަރާމާތު ކުރަން އެމްއާރްޑީސީ އާ އެކު ވަރަށް އަވަހަށް ސޮއި ކުރާނެ ކަމަށެވެ.

ލިންކްރޯޑް މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން ލިންކް ރޯޑް ހިމެނޭ ސަރަހައްދު ގިރަމުންދާތީ އެކަމަށް ވެސް ހައްލުތަކެއް ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހަކަށް ފަހު މިހާރު އައްޑޫގެ މަގުތައް ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަކީ މިހާރު މިނިސްޓްރީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.