Last Updated: May 9, 11:16
Friday, May 9, 2025
ދުނިޔެ

ނަޓެއްލާގެ "ބައްޕަ" މަރުވެއްޖެ

ނާސްތާއަކަށް ޕާނާ ޖަހައިގެން ކާ އެއްޗެއްގެ ގޮތުގައި މަޝްހޫރު "ނަޓެއްލާ" ގެ "ބައްޕަ" ފްރާންސެސްކޯ ރިވެލާ މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އިޓަލީ އަށް އުފަން ކެމިސްޓް އުމުރުން 97 އަހަރުގައި މަރުވީ މި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.

މުޅި ދުނިޔޭގައި ވެސް ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ "ނަޓެއްލާ" ވުޖޫދަށް އައީ މީގެ 61 އަހަރު ކުރިން 1964 ގަ އެވެ. މި ބްރޭންޑަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ކޮކޯ ލިބުން ދަތިވެގެން، އޭގެ ބަދަލުގައި ހެޒެލް ނަޓާއި ކޮކޯ އާއި ހަކުރު ބޭނުންކޮށްގެން އިޓަލީގެ އޭރުގެ މަޝްހޫރު ޝެފް ޕިއެޓްރޯ ފެރޭރޯ ވުޖޫދަށް ގެނައި އެއްޗެކެވެ. "ނަޓެއްލާ" ގެ ނަމަށް މި އުފެއްދުން ގެނައުމުގައި އިސްކޮށް ތިބީ މިޝެލް ފެރާރޯ އާއި އޭނަގެ ދަރިފުޅު ފްރާންސެސްކޯ އެވެ.

"ނަޓެއްލާ" ގެ މިހާރުގެ ރަހަ އަކީ ސީދާ ފްރާންސެސްކޯގެ މޭސްތިރިކަމުގެ ދަށުން ތައްޔާރުކުރި ރެސިޕީއަކަށް ގެނެސްދޭ އުފެއްދުމެކެވެ. އެހެންވެ އޭނަ ސިފަކުރަނީ "ނަޓެއްލާގެ ބައްޕަ" ގެ ގޮތުގަ އެވެ.

"ނަޓެއްލާ" އަކީ އެ މީހުންގެ އާއިލީ ވިޔަފާރި ފެރޭރޯގެ ބްރޭންޑެކެވެ.

ފްރާންސެސްކޯ މަރުވ އިރު ހަތަރު ކުދިންނާއި ހަތް ކާފަދަރިން ދުނިޔޭގައި އެބަތިއްބެވެ.