Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

އިމިގްރޭޝަންގެ ކޯލް ސެންޓަރުގެ ހިދުމަތް ހުއްޓުމަކަށް!

ޓެކްނިކަލް މައްސަލައެއް ދިމާވެ އިމިގްރޭޝަންގެ ކޯލް ސެންޓަރުގެ ޚިދުމަތް ކެނޑިއްޖެ އެވެ.

އެ އިދާރާ އިން ބުނީ މައްސަލަ ހައްލުކޮށް މި ޚިދުމަތް އަލުން ފެށުމަށް ޓެކްނިކަލް ޓީމުން ދަނީ ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިކަމުން ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެން." އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަންގެ ހޮޓްލައިން ނަމްބަރަކީ 1434 އެވެ.