ބޮލިވުޑްގެ މަޝްހޫރު ތަރި، ރަންވީރު ސިންގް އަމިއްލަ ޕްރޮޑަކްޑަޝަން ހައުސްއެއް އުފައްދައި، ފިލްމު ޕްރޮޑިއުސް ކުރަން ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ.
މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާގެ ތަރުޖަމާނު މީޑިއާތަކަށް ބުނީ އެއްވެސް ހަގީގަތެއް އޮތް ވާހަތަކެއް ނޫން ކަމަށެވެ. އަދި ރަންވީރުގެ ފޯކަސް އޮތީ ސީދާ އެކްޓިން އަށް ކަމަށާއި އޭނަ ފޯކަސް ކުރަނީ ވެސް އެކަމަށް އެކަނި ކަމަށް ތަރުޖަމާނު ބުންޏެވެ.
ދެހާސް ދިހައެެއްގެ "ބޭންޑް ބާޖާ ބާރާތު" އިން ބޮލީވުޑަށް ނުކުމެ، ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރަންވީރް މިހާރު އަންނަނީ ޑައިރެކްޓަރު އަދިތިޔާ ދާރްގެ "ދުރަންދާރު" ގެ މަސައްކަތް ކުރަމުންނެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ ރޯހިތު ޝެޓީ މިދިޔަ އަހަރު ގެނެސްދިން "ސިންގަމް އެގެއިން" އިންނެވެ.
ރަންވީރު ޕްރޮޑަކްޝަން ހައުސްއެއް ނޫޅުނު ނަމަވެސް އޭނަގެ އަންހެނުން ދީޕިކާ އަކީ ކޭއޭގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ހިންގާ ބަތަލާއެކެވެ. އެގޮތުން ދެމަފިރިން އެކީގައި އެންމެ ފަހުން ފެނުނު ފިލްމު ކަމަށްވާ 2021 ގެ "83" އަކީ ޕްރޮޑިއުސަރެއްގެ ގޮތުގައި ދީޕިކާ ހިއްސާވި ފިލްމެވެ.
އޭނަގެ ކުންފުނިން އޮތީ ހޮލީވުޑްގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ދި އިންޓާން" ގެ ރައިޓްސް ވެސް ހޯދައި، އޭގެ ހިންދީ ރިމޭކެއް ހަދަން ނިންމައިފަ އެވެ.