ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ މައްޗަށް ބަޢާވާތް ކުރަން އުޅުމުގެ ދައުވާކޮށްފި އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައިވާތީ ބޮލްސޮނާރޯއާ އެކު އިތުރު 33 މީހެއްގެ މައްޗަށް ބަޢާވަތުގެ ޝަރީއަތް ހިންގާނެ އެވެ.
މީގެ ތިން އަހަރު ކުރިން ބޭއްވި އިންތިހާބުގައި ވާދަކުރައްވައި ބަލިވެވަޑައިގަތުމުން، ބޮލްސޮނާރޯ ވަނީ އިންތިހާބު ކާމިޔާބު ކުރެއްވި ލޫލާ ޑަ ސިލްވާ އިންތިހާބު ކާމިޔާބު ކުރެއްވީ މަކަރާއި ހީލަތް ހައްދަވައިގެން ކަމަށް ވެސް ތުހުމަތު ކުރައްވައިފަ އެވެ. އަދި ސަޕޯޓަރުން ލައްވައި، ގައުމުގައި ހަމަނުޖެހުން ހިންގެވިކަމުގެ ދައުވާ ވެސް ބޮލްސޮނަރޯގެ މައްޗަށް ކޮށްފައިވެ އެވެ.
އޭނަ އިންތިހާބުން ބަލިވެވަޑައިގަތުމުން ޖެނުއަރީ 8، 2023 ގައި ސަޕޯޓަރުންތަކެއް ލައްވައި ހިންގި ހަމަނުޖެހުންތަކުގައި ސަރުކާރުގެ އިމާރާތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ދީފައިވެ އެވެ. އެ ހަމަނުޖެހުންތަކާ ގުޅިިގެން ފުލުހުން އޭރު 1،500 އެއްހާ މީހުން ހައްޔަރު ވެސް ކުރި އެވެ.
ދެހާސް ބާވީހުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބޭއްވި އިންތިހާބާ ވިދިގެން ހިނގައި ދިޔަ ކަންކަމާ ގުޅޭ ގޮތުން މީގެ ތިން މަސް ކުރިން ބްރެޒިލްގެ ފުލުހުން އާންމުކޮށްފައިވާ ރިޕޯޓެއްގައި ވަނީ އަސްކަރިއްޔާ އިސްވެރިންތަކެއް ޝާމިލުވާ ގޮތަށް ބޮންސޮނާރޯ އިސްކޮށް ހުންނަވައިގެން ބަޢާވާތް ކުރައްވަން އުޅުނު ކަމަށް ތުހު،މަތުކޮށްފަ އެވެ.
ނަމަވެސް އެ ތުހުމުތައް އޭނަ ދޮގު ކުރައްވަ އެވެ.
ބޮންސޮނާރޯ، 69، އަކީ ބްރެޒިލްގެ 38 ވަނަ ރައީސެވެ. އޭނަ ވެރިކަން ކުރެއްވީ ޖެނުއަރީ 1، 2019 އިން ޖެނުއަރީ 1، 2023 އަށެވެ.