އަލިކެފޭ ސްޓްރީޓް ސޮކަރ 2013ގެ ސެމީފަހު ޖާގަ މަރަދޫ ފޭދޫ ޓީމާއި ފޭދޫ އެފްއާރްޓީއިން ކަށަވަރު ކޮށްފިއެވެ. މަރަދޫ ފެދޫ ޓީމް ސެމީއަށް ދިޔައީ ކުއާޓަރ ގައި އެފްސީ ކަޅަބެންޗާ އާއި ވާދަކުރި މެޗް ލަޑެއް ނުޖެހި ދެ ޓީމް އެއްވަރުވެގެން ނަތީޖާ ނެރެން ޕެނަލްޓީ ޖަހައިގެން 2-0 މޮޅުވެގެންނެވެ.
ރޭގެ ދެވަނަ މެޗްގައި ގަން ޕޮލިސް ޓީމާއި އެފްއާރްޓީ ބައްދަލު ކުރި މެޗް އެފްއާރްޓީން ކާމިޔާބް ކުރީ 3-0 ލަނޑުންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކީ އެފްއާރްޓީގެ އިބްރާހިމް އިޒްދިހާރު (އިބީ) އެވެ.
މުބާރާތުގެ ސެމީ ފައިނަލް ދެ މެޗް މިރޭ ކުޅޭނެއެވެ. އެގޮތުން ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އެސްއެމްޓީ އާއި ފްރަންޑް ކްލަބް އެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ މަރަދޫ ފޭދޫ އާއި އެފްއާރްޓީއެވެ.