Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ޕީއެންސީގެ މާހެފުން މާދަމާ ރޭ، އެންމެނަށް ދައުވަތު

ވެރިކަން ކުރާ ޕާޓީ، ޕީއެންސީން މާދަމާ ރޭ މާލޭގައި ބޮޑު މާހެފުމެއް ބާއްވަން ނިންމައިފި އެވެ.

އެ ޕާޓީން ބުނީ އެ މާހެފުމުގެ ދައުވަތު ޕާޓީގެ މެންބަރުންގެ އިތުރުން ހުރިހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ. މާހެފުން އޮންނާނީ މާދަމާ ރޭ 8:30 ގައި އާޓިފިޝަލް ބީޗްގަ އެވެ.

ޕީއެންސީ އަކީ މި ވަގުތު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އޮތީ އެ ޕާޓީގަ އެވެ.