Last Updated: July 15, 18:06
Wednesday, July 15, 2026
މުނިފޫހިފިލުވުން

ފުލުހުން "ދުވާފަރު ދަންޑަހެލު" ގެނެސްދެނީ

ކުރިއަށް އޮތް ރޯދަ މަހު ފުލުހުން "ދުވާފަރު ދަންޑަހެލު" ގެނެސްދޭން ނިންމައިފި އެވެ.

މި ޑްރާމާ ސިލްސިލާ ގެނެސް ދޭނީ އެސްއެސްޓީވީންނެވެ. އޭގެ ޕްރޮމޯއެއް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. "ދުވާފަރު ދަންޑަހެލު" ޑްރާމާ ސިލްސިކާ ޑައިރެކްޓްކޮށްފައި ވަނީ މި ފަހުން ވަރަށް ގިނަ ވެބް ސީރީޒްތައް ވެސް ގެނެސްދެމުން އަންނަ އަލީ ރަޝީދު (ގޮޅާ) އެވެ.

މި ސިލްސިލާގެ ޓެގް ލައިނަކީ "މީހުން މީހުންނަށް ވާނީ މީހުންނަށް ހެދީމަ" އެވެ.

ފުލުހުން މީގެ ކުރިން ވެސް އެކި ޗެނެލްތަކާ ގުޅިގެން މިފަދަ ތަފާތު އުފެއްދުންތައް ގެނެސްދީފައިވެ އެވެ.