Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

މާލެ ސަރަހައްދުގައި މަސްދަޅު ބަހާ ގަޑި ބަދަލުވެއްޖެ

ރޯދަ ހަދިޔާއަކަށް ސަރުކާރުން ގޭބިސީތަކަށް ހަދިޔާކުރާ މަސްދަޅު ކޭސް މާލެ ސަރަޖައްދުގައި ބަހަން ފަށަން މިއަދު ހަމަޖެއްސި ގަޑި ބަދަލުކޮށްފި އެވެ.

އެސްޓީއޯ އިން ކުރިން ނިންމާފައި އޮތީ ދު މެންދުރު ފަހު 2:30 ގައި މަސްދަޅު ބަހަން ފަށާ ގޮޮތަށެވެ.

ނަމަވެސް ގަޑި ބަދަލުކޮށް އެ ކުންފުނިން ބުނީ މަސްދަޅު ބެހުމަށް ހަމަޖެހިފައިވާ ތާވަލަށް ބަދަލު ގެނެސްފައި ވަނީ މިދިޔަ އަހަރު ކާޑު ބެހި އިރުގެ ތަޖުރިބާ އާއި ދިމާވި ދަތިތަކަށް ރިއާތްކޮށް ކަމަށެވެ. އެހެންވެ ބެހުމުގެ އިންތިޒާމުތައް ހަރުދަނާކޮށް ފަސޭހަކޮށް މަސްދަޅު ކޭސް ލިބޭނެ ގޮތައް ކަންކަން ރާވައި ބައްޓަން ކުރަން ނިންމީ ކަމަށް އެސްޓޯ އިން ބުންޏެވެ.

އެގޮތުން މަސްދަޅު ކޭސް ބަހަން ފަށާނީ މިރޭ 8:30 ގަ އެވެ. އަދި 11:00 އާ ހަމައަށް އެކަން ކުރިއަށް ދާނެ އެވެ. އޭގެ ފަހުން 22 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށް ކުރިއަށް ގެންދާނެ އެެ. މީގެ އިތުރުން 23-27 އަށް ބެހުން ކުރިއަށް ދާނީ މެންދުރު ފަހު 2:30 އިން 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ.

މާލެ ސަރަހައްދުން މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ މިފްކޯ އޮފީސް ކޮމްޕައުންޑް، ހެންވޭރު އެމްޓީސީސީ ސޯމިލް، ވެމްކޯ ސައިޓް (ވިލިމާލެ)، އުމަރު ޒާހިރު ބިލްޑިން (ހުޅުމާލޭ ފޭސް އެކެއް) އަދި ހިޔާ ފްލެޓް ޓަވަރު 10 ގެ ޔޫތު ސެންޓަރު (ފޭސް ދޭއް) އިންނެވެ.

މަސްދަޅު ކޭސް ބަލައިދާއިރު ގޭބިސީގެ އެންމެ ފަހު 3 މަހުގެ ބިލުގެ ތެރެއިން ކަރަންޓް މީޓަރު އެނގޭ ފަދަ ލިޔުމަކާއި އެ މީހެއްގެ އައިޑީކާޑު ގެންދަން ޖެހެ އެވެ.

ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުގައި މިހާރު ވަނީ މަސްދަޅު ކޭސް ބަހައި ނިމިފަ އެވެ.