Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އެކްސިޑެންޓްގައި އަނިޔާ ލިބުނު އަންހެން ކުއްޖާ އިތުރު ފަރުވާއަށް މާލެއަށް

މިއަދު ހެނދުނު ހިތަދޫ ލިނކް ރޯޑުގައި އެކްސިޑެންޓްވެ ބޮލަށް ގެއްލުން ލިބުނު އަންހެން ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

އެކްސިޑެންޓްގައި ބޮލަށް އަނިޔާލިބި އައިސީޔޫގައި ފަރުވާ ދެމުން ދަނީ ހިތަދޫ ދިރާގު ފްރަންޓް އޮފީހުގައި މަސައްކަތް ކުރާ މަރިޔަމް ޝިމާއެވެ. މި ހާދިސާގައި ޝިމާގެ ބޮލަށާއި، މޫނަށް ވަނީ އަނިޔާވެފައެވެ.

މި ހާދިސާގައި ދެވަނަ ސައިކަލް ދުއްވި ސ.ހިތަދޫ އާވެލި އަބްދުﷲ ހަބީބް (67އ)ގެ ފައިގެ ކަށިގަނޑަށް އަނިޔާވެފައިވާއިރު ކޮނޑު ކަށިގަނޑުގައި ރެނދުލާފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ރައްޔިތުންގެ މަޖްލިސް ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އަޅަމުން އަންނަ ގެސްޓް ހައުސް އާއި ދިމާއިން ލިންކް ރޯޑުގައި ދެ ސައިކަލް ޖެހިގެންނެވެ.