ހުޅުމާލޭގެ ގުދަނެއްގައި ރޯވެ ގެއްލުންތަކެއްވެއްޖެ އެވެ.
ރޭ ދަންވަރު ރޯވީ ހުޅުމާލޭގެ ފޭސް 1 ގައި ހުންނަ "ފްރިޒް" ގުދަނުގެ ހަތަރު ވަނަ ބުރީގަ އެވެ.
އެމްއެންޑީއެފް ބުނީ އެ ހާދިސާގެ މައުލޫމާތު ރޭ ދަންވަރު 12:30 އެހާކަށްހާ އިރު ލިބުމާ އެކު ފަޔަފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.
އެގޮތުން ރޯވި ފައިހުރި އަލިފާން އެއްކޮށް ނިއްވައިލެވުނީ ދަންވަރު 01:03 ހާއިރު އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.