މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ މާސްޓަޕްލޭން ހަދާނެ ބަޔަކު ހޯދަން ހުޅުވާލައިފި އެވެ.
އެ އެއާޕޯޓް އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ބުނީ އެކަމަށް ޝައުގުވެރިވާ ތަޖުރިބާ ހުރި ކޮންސަލްޓެންސީ ކުންފުނިތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ނ. އަތޮޅުގައި ތަރައްގީކޮށްފައިވާ މާފަރު އެއާޕޯޓަކީ ޑިސެންބަރު 1، 2019 ގައި ހުޅުވި އެއާޕޯޓެކެވެ.