Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ސައުދު ބަލިކޮށް ހުސައިން އެމްޑީޕީގެ ގައުމީ މަޖިލީހަށް

އެމްޑީޕީ ހައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބުކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ޙުސައިން ޙަސަން ކާމިޔާބުކޮށްފި އެވެ.

ނޫސްވެރިއެއްގެ ގޮތިގައި މަސައްކަތްކުރަމުން އައި ހުސައިން ބައި-އިލެކްޝަން ކާމިޔާބުކުރީ ވިލިނގިލި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ސަޢުދު ޙުސައިނާ ވާދަކޮށްގެންނެވެ. ޙުސައިން ޙަސަން ބައި-އިލެކްޝަން ކާމިޔާބުކުރީ 192 ވޯޓުންނެވެ. ސައުދަށް ލިބިވަޑައިގަތީ 172 ވޯޓެވެ.

އެމްޑީޕީ ޤައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބުކުރުމަށް ވޯޓުލުން ކުރިއަށްގެންދިޔައީ މިއަދު ހެނދުނު 09:00އިން ހަވީރު 4:00 އަށެވެ.

މި ބައި-ލެކްޝަންގައި ވޯޓު ފޮށި ބެހެއްޓީ ވިލިނގިލީގެ އިތުރުން މާލޭގަ އެވެ.