'އޮޕަރޭޝަން ކުރަނގި" ގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ހޯމްލޭންޑް މިނިސްޓްރީ އަށް ލެޕްޓޮޕްކެއް ހަދިޔާކޮށްދި އެވެ.
އެ ތަކެތި ހަދިޔާކުރީ ހުޅަނގު ދެކުނު އޭޝިއާގައި ޖެހޭ ބަލިތައް ފެތުރުން މަދުކުރުމުގެ ގޮތުން ބޯޑަރު ކޮންޓްރޯލް ކުރުމުގެ ޤާބިލްކަން ހަރުދަނާ ކުރުމުގެ މަޝްރޫއުގެ ދަށުން އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ މައިގްރޭޝަން (އައިއޯއެމް) އާއި ލޭބަ ރިލޭޝަންސް އޮތޯރިޓީއާ ދެމެދު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
އައިއޯއެމްގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޗީފް އޮފް މިޝަން، ކްރިސްޓިން ޕާކޯ އަދި ސީނިއާ ޕްރޮގްރާމް މެނޭޖަރު ޝަންތާ ކުލަސެކަރަ އެވެ.
ޑިޕާޓްމަންޓް އޮފް ފޮރިން ލޭބާ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބްދުލްމަޖީދު އިބްރާހީމެވެ.

"އޮޕަރޭޝަން ކުރަނގި" އަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރަން ހޯމްލޭންޑް މިނިސްޓްރީން މިދިޔަ އަހަރު ފެށި ޕްރޮގްރާމެކެވެ. އެގޮތުން ކައުންސިލްތަކާ ވެސް ގުޅިގެން ބިދޭސީންގެ ބައޯމެޓްރިކް ޑޭޓާ އަންނަނީ އެއްކުރަމުންނެވެ.
މީގެ ބޭނުމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމެވެ.