Last Updated: July 26, 12:01
Sunday, July 26, 2026
ޚަބަރު

އިހަވަންދޫން ޕާސްޕޯޓްގެ ހިދުމަތް ބުރާސްފަތީގައި

ކޮންމެ ހަފުތާއެއްގެ ބުރާސްފަތީގައި ހއ. އިހަވަންދޫން ޕާސްޕޯޓްގެ ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އިމުގާ އިން ޕާސްޕޯޓަށް ހއ. އަތޮޅުން އެދި ހުށަހަޅާ އިރު ކަލެކްޝަން ޕޮއިންޓުގެ ގޮތުގައި ވެސް ހަމަޖެހިފައި އިހަވަންދޫ އިމިގްރޭޝަން އޮފީސް ކަމަށެވެ.

އެ ރަށުގައި ޕާސްޕޯޓްގެ ހިދުމަތް އިފުތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ ތެރޭގައި ހއ. އަތޮޅަށް ކުރެއްވި ދަތުރުގައި މިދިޔަ މަހުގެ 29 ގަ އެވެ.