ހުޅުމީދޫ އަދި ހދ. ކުޅުދުއްފުށީގައި ގާއިމް ކުރުމަށް ނިންމާފައިވާ ހައިކޯޓުގެ ގޮފިތަކުގެ ފަނޑިޔާރުން ތިއްބެވުމަށް ކުއްޔަށް ހިފާ ތަންތަނަށް މަހަކު 105،000ރ. ހަރަދު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މަޖިލީހުން ގޮތެއް ނިންމައި ދެއްވުމަށް އެދިވަޑައިގެން ފޮނުއްވި ސިޓީއާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިންމީ މީދޫގައި ތިއްބަވާ ފަނޑިޔާރުން ތިއްބެވުމަށް ކުއްޔަށް ހިފާ އިމާރާތަށް ހަރަދު 60،000ރ އަށް ހަމަޖެއްސުމާއި ކުޅުދުއްފުށީގައި ތިއްބަވާ ފަނޑިޔާރުން ތިއްބަވާ އިމާރާތަށް 45،000 ރ ހަރަދު ކުރެއްވުމަށެވެ.
ހުޅުމީދޫގައި ހުންނަ ހައި ކޯޓުގެ ގޮފިއަށް 3 ފަނޑިޔާރުން ކަނޑައަޅުއްވާފަިއވާ އިރު އެއީ އިމާރާތަކަށް 20،000ރ ގެ އަދަދެކެވެ.
ކުޅުދުއްފުށީގައިވެސް 3 ފަނޑިޔާރުން ތިއްބަވާ ގޮތަށް ނިންމަވާފައިވާ އިރު އެއީ ފަނޑިޔާރަކަށް 15،000ރ ގެ އަދަދެކެވެ.