Last Updated: July 26, 12:01
Sunday, July 26, 2026
ޚަބަރު

މާއެނބޫދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

ދ. މާއެނބޫދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފި އެވެ.

އެ ރަށުގައި އެ ހިދުމަތް ފައްޓަވައި ދެއްވީ ރައީސް. ޑރ. މުހައްމަދު މުއިއްޒު ދ. އަތޮޅަށް ކުރައްވަމުް ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ހެނދުނު އެ ރަށަށް ވަޑައިގެންނެވެ.

އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވެސް ބައިވެރިވެވަޑައިގަތެވެ.

"މި މަސައްކަތް ކުރިއަށް ގެންދަން މާއެނބޫދޫ ކައުންސިލާއި އިގިތިސާދީ ވުޒާރާ އާއި އަދި އިދާރީ ދައިރާތައް ހިންގުމަށް ބެހޭ ވުޒާރައިން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަންވަން." ޝަރީފް ވިދާޅުވި އެވެ.

ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް ތައާރަފު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

އިއްޔެ ކުޑަހުވަދޫގައި ބީއެމްއެލްގެ އާ ބްރާންޗްގެ ބިންގާ ވެސް އަޅާފައިވާ އިރު، އެ ރަށުގައި ވަރަށް އަވަހަށް ޑޮލަރު އޭޓީއެމެއް ބަހައްޓަން ވެސް ގައުމީ ބޭންކުން ވަނީ ނިންމައިފަ އެވެ.