މަގުމަތީގައި މީހެއްގެ ގައިގައި ޖެހި މައްސަލައެއްގެ ކުށް ސާބިތުވެ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރަކު 10 ހަފުތާ އަށް ޖަލަށް ލާން މިއަދު ހުކުމްކޮށްފި އެވެ.
އެ ހުކުމް އިއްވާފައި މިހާރު ވެރިކަމުގައި އޮތް ޕާޓީ، ލޭބާ ޕާޓީ އަށް ނިސްބަތްވާ މައިކް އެމެސްބަރީގެ މައްޗަށެވެ. އޭނަގެ މައްޗށް ޖަލު ހުކުމެއް އައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ޗެޝަޔާގެ ފްރޮޑްޝަމްގެ މަގުމަތީގައި ޕޯލް ފެލޯ ކިޔާ 45 އަހަރުގެ މީހެއްގެ ގައިގައި ޖެހި މައްސަލައިގަ އެވެ.
އެ ހާދިސާގައި އެ މީހާ އަށް ކުދިކުދި ޒަހަމްތަކެއް ލިބުނެވެ.
ހާދިސާގެ ވީޑިއޯއެއް ވެސް ސޯޝަލް މިޑިއާގައި ދައުރުވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް މައިކް، 55، އަށް އަމާޒުމުން ޕާޓީން އޭނަ ސަސްޕެންޑް ވެސް ކުރި އެވެ.
އޭނަ މެންބަރުކަން ކުރައްވާފައި ވަނީ 2017-2024 އަށެވެ.