Last Updated: May 9, 11:16
Friday, May 9, 2025
ދުނިޔެ

ނިއު ޒީލެންޑްގެ ކޮމާސް މިނިސްޓަރު އިސްތިއުފާ ދީފި

ބައްދަވުމެއްގެ ތެރޭގައި މުވައްޒަފެއްގެ "ގަޔަށް އަތްލެވުނު" މައްސަލައަކާ ގުޅިގެން ނިއު ޒީލޭންޑްގެ ކޮމާސް މިނިސްޓަރު އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އެންޑްރޫ ބޭލީ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެކަން ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކުރައްވައި އޭނަ ވިދާޅުވި އެކަމާ މާފަށް އެދޭ ކަމަށާއި މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ބައްދަލުވުމެއްގެ ތެރޭގައި މުވައްޒަފެއްގެ މުލައްދަނޑީގައި ހިފުނީ ދެބަސްވުމެއްގެ ތެރޭގައި ނޫން ކަމަށާއި އެއީ ގަސްތުގައި ވެސް ކުރެއްވި ކަމެއް ނޫން ކަމަށެވެ.

ނަމަވެސް އޭނަގެ ފަރާތުން ކުރިމަތިވި އެ އަމަލަކީ ހިނގައިގެން ވާނެ ފަދަ ކަމެއް ނޫން ކަމަށް ގަބޫލުކުރާ ކަމަށް އެންޑްރޫ، 63، ވިދާޅުވި އެވެ.

މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނަ ދެމިހުންނަވާނެ އެވެ. އެންޑްރޫ ތަމްސީލު ކުރައްވަނީ ޕޯޓް ވެއިކާޓޯ އެވެ.

އޭނަގެ ބަދަލުގައި ކޮމާސް މިނިސްޓަރު ކަމަށް ސްކޮޓް ސިމްޕްސަން އައްޔަން ކުރަން މިހާރު ވަނީ ނިންމައިފަ އެވެ.