Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

ބީއެމްއެލްގެ ކާޑް ޕްރޮމޯގެ ނަސީބުވެރިޔާ ހޮވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ މަހު ކުރިއަށް ގެންދިޔަ ކާޑު ޕްރޮމޯޝަންގެ އެންމެ ބޮޑު ނަސީބުވެރިޔާ ހޮވައި، އިނާމު ހަވާލުކޮށްފި އެވެ.

ނަސީބުވެރިއަކަށް ހޮވުނީ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ ހަސަން ނާސިހު އަބްދުﷲ އެވެ. އޭނަ އަށް ފައިސާގެ އިނާމަކަށް ދީފައި ވަނީ 100،000ރ. އެވެ.

އެ އިނާމުގެ އިތުރުން ވެސް އެހެން އިނާމުތަކެއް ވެސް ޕްރޮމޯޝަންގައި ދީފައިވެ އެވެ. އެގޮތުން މިދިޔަ މަހުގެ ކޮންމެ ދުވަހެއްގައި ވެސް ފަސް ނަސީބުވެރިއަކަށް 1،000ރ. ދީފައިވެ އެވެ.

ގައުމީ ބޭންކުން މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ ހަމައެކަނި ކާޑު ބޭނުންކުރާ ކަސްޓަމަރުންގެ މެދުގަ އެވެ.