Last Updated: July 7, 21:26
Monday, July 7, 2025
ދުނިޔެ

ފުރާވަރުގެ ކުއްޖަކު ވިހާފައި ދަރިފުޅު މަރާލައިފި

ދަރިފުޅު ވައްޓާލި ހޮޓެލް އިމާރާތް.

ދަރިފުޅު ވިހާފައި ހޮޓަލް އިމާރާތަކުން ވައްޓާލައި މަރާލި މައްސަލައެއްގައި އެމެރިކާގެ ފުރާވަރުގެ އަންހެން ކުއްޖަކު ފްރާންސްގެ ޕެރިހުން ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ބުނީ ޒުވާން އަންހެން މީހާ ދަރިފުޅު މަރައިލީ އޭނަ އުޅުނު ހޮޓަލުގެ ދެވަަނަ ބުރީގެ ކޮޓަރީގެ ކުޑަދޮރުން ދަރިފުޅު ހޫރާލައިގެން ކަމަށެވެ. ފުރާވަރު ކުއްޖާ މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުން ހޮސްޕިޓަލްގަ އެވެ. ނަމަވެސް އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

އޭނަ އިމާރާތުން ހޫރާލި ދަރިފުޅު މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ. ދަރިފުޅު މަރާލި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ފްރާންސްގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނީ އެ ހާދިސާ އެތަނުގެ ސަމާލު ކަމަށް ވެސް އައިސްފައިވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ.