Last Updated: June 9, 11:12
Tuesday, June 9, 2026
ޚަބަރު

ރޭޕްގެ ތުހުމަތުކޮށްފައިވާ މީހަކު މަރުވެއްޖެ

އަންހެނަކު ރޭޕްކޮށްފައިވާކަމުގެ ތުހުމަތުވި މީހަކު ތ. މަޑިފުށީގައި މަރުވެއްޖެ އެވެ.

ފުލުހުން ރޭ ބުނީ 63 އަހަރުގެ މީހާގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށް މައްސަލަ ރިޕޯޓްކުރީ މިދޔަ އާދީއްތަ ދުވަހު ކަމަށެވެ. އަންހެނަކު ރޭޕްކޮށްފައިވާ ކަމުގެ މައްސަލައެއް އާދިއްތަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ މީހާ މިހާރުވެފައިވާ ކަމަށް ފުލުހުން ހާމަކުރި ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އެ މީހާ މަރުވީ އަމިއްލަ އަށް ދަންޖެހިގެންނެވެ. އަދި އެއީ ނުކުޅެދުންތެރިކަން ވެސް ހުންނަ މީހެއް ކަމަށް އެނގިފައިވެ އެވެ.