ކުރީގެ ސަރުކާރުން ފެށި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ޢިމާރާތްކޮށްފައިވާ 4،000 ފްލެޓުގެ ތެރެއިން ޝަރުތު ހަމަވެ ފްލެޓު ލިބެނީ 1،820 މީހުންނަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެ އެވެ.
ފްލެޓް ލިސްޓް އާންމުކުރުމާ ގުޅޭ ގޮތުން މެންދުރު ފަހު ރައީސް އޮފީހުގައި އޮތް ޕްރެސްގައި އޭނަ ވިދާޅުވީ ފްލެޓް ދިނުމުގައި
އެންމެ އިސްކަން ދިނީ ރައީސް ޑރ. މުހައްމަދު މުއިއްްޒުގެ ސިޔާސަތާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގަށް ރިޔާއަތްކޮށް ނޮވެމްބަރު 15، 2023 ގައި ގެޒެޓުކުރި ލިސްޓް ވެރިފައި ކުރަން ކަމަށެވެ.
މުއްތަލިބް ވިދާޅުވީ ވެރިފިކޭޝަން މަރުހަލާ އަށް ފަހު ނަތީޖާއަށް ބަލާއިރު ތިން ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓު ލިބިފައިވަނީ 1423 މީހުންނަށް ކަމަށެވެ. އަދި ދެ ކޮޓަރީގެ ލިސްޓުގައިވާ 1،218 މީހުންގެ ތެރެއިން ޝަރުތުހަމަވެ 73 ޕޮއިންޓު ލިބިފަ އިވަނީ 397 މީހުންނަށް ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފޯމުތައް ވެރިފައިކުރުމުގައި ތިން ކޮޓަރީގެ ލިސްޓުން 75 ޕޮއިންޓު ނުލިބޭ އެއްވެސް މީހެއްގެ ފޯމް ޗެކްކޮށްފައި ނުވާ ކަމަށާއި، ދެ ކޮޓަރީގެ ލިސްޓުން 73 ޕޮއިންޓު ނުލިބޭ އެއްވެސް މީހެއްގެ ފޯމު ވެސް ޗެކްކޮށްފައި ނުވާ ކަމަށެވެ. އެހެންވެ ލިސްޓުގައި ހިމަނާފައިވާ މީހުން ފިޔަވައި އިތުރު ބައެއްގެ ފޯމު ބަލާފައި ނުވާކަމަށާއި، ޝަރުތު ހަމަނުވާ ފަރާތްތަކާއި ކަނޑައަޅާފައިވާ މިންވަރަށް ވުރެ ދަށުން ޕޮއިންޓު ލިބުނު މީހުން، ފްލެޓު ނުލިބޭ މީހުންގެގޮ ތުގައި ކަނޑައަލާފައިވާ ކަމަށް ވިދާޅުވިއެވެ.
ފްލެޓު ލިސް ޓާމެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ ސިޓީ ނުވަތަ އީމެއިލުން މިނިސްޓްރީ އަށް ހުށަހެޅުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.