މީގެ ދެ އަހަރު ކުރިން ގްރީސްގައި ދެ ރޭލެއް އެކްސިޑެންޓްވެ ގިނަ ބަޔަކު މަރުވި ހާދިސާ އަށް މިއަދު ދެ އަހަރު ފުރުމާ ދިމާކޮށް ގްރީސްގައި ވަރުގަދަ މުޒާހަރާތަކެއް ފަށައިފި އެވެ.
އެ ގައުމުގެ އެކި ހިސާބުތަކުގައި މަގުތަކަށް މީހުން ނުކުމެ އަންނަނީ މުޒާހަރާ ކުރަމުންނެވެ. ފުލުހުން ވެސް ރަޔަޓް ގިއަރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މުޒާހަރާތަކުގެ ބައިވެރިންނާ ބައެއް ހިސާބުތަކުގައި ބޮޑެތި ކުރިމަތިލުންތަކެއް ހިނގާފައިވެ އެވެ.
މުޒާހަރާގެ ބައިވެރިންގެ ކަންބޮޑުވުންތަކަކީ ފެބްރުއަރީ 28، 2023 ގައި އާންމު ދަތުރުކުރާ ރޭލަކާއި މުދާ އުފުލާ ރޭލެއް އެކްސިޑެންޓްވެ 57 މީހަކު މަރުވެފައިވާ އިރު، އިންސާފު ލިބުން ލަސްވުމާއި މިކަމާ ގުޅޭ ތަހުގީގު އެކަށީގެންވާ ގޮތަށް ކުރިއަށް ނުދިއުމާއި ކުރިއަށް އޮތް ތަނުގައި މިފަދަ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިކަން ހޯދުމަށް އެކަށީގެވާ ފިޔަވަޅުތައް ވެސް އަޅަމުން ނުދިއުމެވެ.
އެހެންވެ ވަރަށް ގިނަ ހިދުމަތްތަކެއް މިއަދު ހުއްޓުމަކަށް ގެނެސް ގިނަ ބަޔަކު މަގުތަކަށް ޖަށް ނުކުމެ އަންނަނީ މުޒާހަރާރަމުންނެވެ.
ދެ ރޭލު އެކްސިޑެންޓްވި ހާދުސާ އަކީ މި ފަހުގެ ތާރީގެއްހައި ގްރީސްގައި ހިނގި އެންމެ ނުރައްކާތެރުި އަދި އެންމެ ހިތާމަވެރި ހާދިސާ އެވެ. އެ ހާދިސާގެ ތަހުގީގު ނުނިމި ދިގުލައިގެން ގޮސްފައިވާ އިރު، މިކަމަށް ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާ ކަމަށްވެސް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.