Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މާރާމާރީއެއް ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ކަތިވަޅިތަކެއް ހިފައިގެން މާލޭގައި މާރާމާރީ ހިންގަން އުޅުނު މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ މީހަކާއި 18 އަހަރުގެ ދެ މީހުންނެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.

އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން 18 އަހަރުގެ މީހާ ހުރީ ހެލްމެޓާއި މާސްކު އަޅައިގެން ހުރި އިރު، އޭނަގެ އަތުން ކަތިވަޅިއެއްގެ އިތުރުން ކަށިގަނޑެއް ފެނިފައިވެވެ. އަދި 23 އަހަރުގެ މީހާގެ އަތުންވެސް ކަތިވަޅިއެއްގެ އިތުރުން ޕްލަސް ކަށިގަނޑެއް ފެނުނު ކަމަށް ކޯޓު އަމުރުގައިވެ އެވެ.

އަށާރަ އަހަރުގެ ދެ މީހުންގެ އޭނާގެ ބަންދަށް ފަސްދުވަސް ޖަހާފައިވާ އިރު 23 އަހަރުގެ މީހާގެ ބަންދަށް 16 ދުވަސް ޖަހާފައިވެ އެވެ.