Last Updated: July 26, 11:16
Sunday, July 26, 2026
ޚަބަރު

އެމްއެމްއޭ އާއި ބޭންކްތައް ވެސް މިއަދު ބަންދު

ވިއްސާރަވުމުގެ ސަބަބުން މިއަދު ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކްތަކުން ވެސް މިއަދު ހިދުމަތް ނުދޭން ނިންމައިފި އެވެ.

މަރުކަޒީ ބޭންކުން ސޯޝަލް މިޑިއާ ޕޯސްޓެއްގައި ބުނީ އެގޮތަށް ހަމަޖެއްސީ މިއަދަކީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައިވާތީ ކަމަށެވެ.

މިއަދު ރަސްމީ ބަންދު ދުވަހަކަށް ހަމަޖެއްސީ މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދތަކުގައި ފެންބޮޑުވެ އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ގިނަގުނަ ތަކުލީފުތައް ތަހައްމަލުކުރަންޖެހިފައިވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.