Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޕީއެސްއެމްގެ މުވައްޒަފުންނަށް ނަމާދުގެއެއް

ދައުލަތުގެ މީޑިއާ, ޕީއެސްއެމްގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ޓީވީއެމް ބިލްޑިންގުގައި ޒަމާނީ ނަމާދުގެއެއް ހަދައިފި އެވެ.

ޕީއެސްއެމުން އެތަނަށް ނަން ދީފައި ދާދި ފަހުން ޑިއުޓީ ހުއްޓައި ހާލު ދެރަވަގެން ފަރުވާ ދެނިކޮށް ނިޔާވި މުވައްޒަފު އާގިލް ޝަމީމުގެ ނަމާ ގުޅުވައިގެން ކަމަށެވެ. އެގޮތުން ނަމާދުގެއަށް ކިޔާފައި ވަނީ "މުސައްލަ އާގިލް" އެވެ. އާގިލް ވަނީ ޕީއެސްއެމްގައި 28 އަހަރު ވަންދެން މަސައްކަތްކޮށްފަ އެވެ.

ޕީއެސްއެމުން ބުނީ މުވައްޒަފުންނަށް ހާއްސަކޮށްގެ އޮފީހުގައި ހެދި ނަމާދު ގެއަކީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ އިސްނެންގެވުމުގެ ދަށުން އާރްޑީސީގެ އެހީތެރިކަމާއި އެކު ހެދި ތަނެއް ކަމަށެވެ.

ނަމާދުގެ ހުޅުވީ އިއްޔެ އެވެ.