Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

މީޑިއާ ކައުންސިލުން ހުސެއިން އިސްތިއުފާ ދީފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހުސެން ހަސަން އިސްތިއުފާ ދީފި އެވެ.

ހުސެން މީޑިއާ ކައުންސިލްގެ މެންބަރުކަމުން އިސްތިއުފާ ދިނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ރައީސް ކަމަށް އޭނާ އިންތިހާބުވުމާ ގުޅިގެންނެވެ.

މީޑިއާ ކައުންސިލްގެ ރައީސް ހުސެން ސަގީފަށް ފޮނުވި ސިޓީގައި ހުސެއިން ވިދާޅުވީ އިސްތިއުފާ ދިނީ މީޑިއާ ކައުންސިލަކީ ނުފޫޒުން އެއްކިބާވެފައި އޮންނަ މިނިވަން މުއައްސަސާއެއް ގޮތުގައި ދެމިއޮންނަން ބޭނުންވާތީ ކަމަށެވެ.

އަދި މިނިވަން މީޑިއާގެ މާހައުލެއް ހޯދައިދިނުމަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ހުސެއިން ވިދާޅުވެފައިވެ އެވެ.

މީޑިއާ ކައުންސިލް އެކުލެވިފައިވަނީ 15 މެމްބަރުންގެ މައްޗަށެެވެ.