މިއަދު ބޭއްވި 97 ވަނަ އޮސްކާ އެވޯޑްސްގެ މޮޅު ފިލްމުގެ މަގާމު "އަނޯރާ" އަށް ލިބިއްޖެ އެވެ.
ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި މި ރޮމޭންޓިކް ކޮމެޑީ-ޑްރާމާ އަކީ ޝޯން ބޭކާ ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިން ފިލްމެކެވެ. "އަނޯރާ" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މިކީ މެޑިސަން، މާކް އައިޑެސްޓީން، ޔޫރާ ބޮރިސޯވް، ކަރެން ކެރަގްލިއަން، ވެޗީ ޓޮވްމަސިއަން އަދި އަލެކްސީ ސެރެބިއަކޯވް އެވެ.
އޮސްކާގެ މޮޅު ފިލްމުގެ މަގާމު "އަނޯރާ" އަށް ލިބުނު އިރު ލިބުނު ހަ ނޮމިނޭޝަންގެ ތެރެއިން ފަސް ކެޓަގަރީން އެވޯޑް ހޯދާފައިވެ އެވެ. އެ ފިލްމު އުފުލައިލި އިތުރު އެވޯޑްތަކުގެ ތެރޭގައި ޝޯން އަށް ލިބުނު މޮޅު ޑައިރެކްޓަރުގެ އެވޯޑާއި މިކީ އަށް ލިބުނު މޮޅު ބަތަލާގެ އެވޯޑާއި މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އެވޯޑްގެ އިތުރުން މޮޅު އެޑިޓިން ހިމެނެ އެވެ.
އޮސްކާގެ އިތުރު ވަނަތައް:
* އެންމެ މޮޅު އެކްޓަރު: އެޑްރިއެން ބްރޮޑީ (ދަ ބްރޫޓަލިސްޓް)
* މޮޅު ސަޕޯޓިން އެކްޓަރު: ކީރެން ކަލްކިން (އަ ރިއަލް ޕެއިން)
* އެންމެ މޮޅު ސަޕޯޓިން ބަތަލާ: ޒޯއީ ސަލްޑަނާ (އެމީލިއާ ޕެރޭޒް)
* އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ: ކޮންކްލޭވް
* އެންމެ މޮޅު ކޮސްޓިއުމް: ވިކްޑް
* އެންމެ މޮޅު އޮރިޖިނަލް ލަވަ: އެލް މާލް (އެމީލިއާ ޕެރޭޒް)
* އެންމެ މޮޅު ވީއެފްއެކްސް: ޑޫން: ޕާޓް 2
* އެންމެ މޮޅު އޮރިޖިނަލް ސްކޯ: ދަ ބްރޫޓަލިސްޓް
* އެންމެ މޮޅު ސިނަމަޓޯގްރަފީ: ދަ ބްރޫޓަލިސްޓް
* އެންމެ މޮޅު ސައުންޑް: ޑޫން: ޕާޓް 2
* އެންމެ މޮޅު މޭކަޕާއި ހެއާ ސްޓައިލިން: ދަ ސަބްސްޓޭންސް
* އެންމެ މޮޅު ޑޮކިއުމަންޓަރީ ފީޗާ: ނޯ އަދާ ލޭންޑް
* އެންމެ މޮޅު ކުރު ޑޮކިއުމަންޓަރީ ޝޯޓް: ދި އޮންލީ ގާލް އިން ދި އޮކެސްޓްރާ
* އެންމެ މޮޅު ބޭރު ފިލްމު: އައި އޭމް ސްޓިލް ހިއާ (ބެރްޒިލް)
* އެންމެ މޮޅު އެނިމޭޓެޑް ފިލްމު: ފްލޯ