Last Updated: May 10, 11:54
Saturday, May 10, 2025
ޚަބަރު

ޗައިނާ އެފްޓީއޭގެ ދަށުން ދުންފަތް އެތެރެ ނުކުރެވޭނެ

ޖެނުއަރީން ފެށިގެން ރާއްޖެ-ޗައިނާ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގެ ދަށުން ޑިއުޓީ ނުދައްކައި ސިނގިރޭޓާއި ދުންފަތް ރާއްޖެއަށް އެތެރެ ނުކުރެވޭނެ ކަމަށް އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ލިޔުމުން މިނިސްޓަރު މަޖިލީހަށް ފޮނުއްވި ޖަވާބުއިދު ވިދާޅުވީ ޗައިނާ އާއެކު ހަދާފައި އޮތް އެއްބަސްވުމުގެ ސަބަބުން އެ ގައުމުން ރާއްޖެއަށް އެތެރެ ކުރާ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ މައާފެއް ނުވާނެ ކަމަށެވެ.

"ޗައިނާ އާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކާއި އަދި ސިނގިރޭޓުން ޑިއުޓީ ނަގާ. ދުންފަތުގެ ބާވަތްތަކާއި އަދި ސިނގިރޭޓުގެ ޑިއުޓީން ދައުލަތަށް ލިބޭނެ އާމްދަނީ ބިނާވާނީ ޗައިނާއިން ދިވެހިރާއްޖެ އަށް ދުންފަތުގެ ބާވަތްތަކާއި އަދި ސިނގިރޭޓު އެތެރެ ކުރާ މިންވަރެއްގެ މައްޗަށް." ސައީދު ވިދާޅުވެފައިވެ އެވެ.