Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ވިޔަފާރި އަށް މަރަދޫން ބިންތަކެއް ދޫކުރަނީ

ވިޔަފާރި އަށް އައްޑޫ މަރަދޫން ބިންތަކެއް ދޫކުރަން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

އާންމު ވިޔަފާރިތަކަށް ކުއްޔަށް ދޫކުރަން އިއުލާންކޮށްފައި ވަނީ 1،017.5 އަކަފޫޓުގެ ހަތް ބިމެވެ.

ކައުންސިލުން ބުނީ މި ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވެވޭނީ މާދަމާ އިން ފެށިގެން މި މަހުގެ 12 އާ ހަމައަށެވެ. ރަޖިސްޓްރީ ވާނީ ބިމަށް ކުރިމަތިލާ ފަރާތްތަކުގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރު އަދި މެއިލް މި މެއިލަށް [email protected] ފޮނިވައިގެންނެވެ. ރަޖިސްޓްރޭޝަނަށް 300ރ. ދައްކަން ޖެހޭނެ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 6885003 އިން ހޯދޭނެ އެވެ.