Last Updated: May 3, 23:49
Saturday, May 3, 2025
މުނިފޫހިފިލުވުން

އަބީޝެކްގެ "ބީ ހެޕީ" ގެ ޓްރެއިލާ އާންމުކޮށްފި

އަބީޝެކް ބައްޗަންގެ އާ ފިލްމު "ބީ ހެޕީ" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ މި މަހުގެ 14 ގައި އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ.

"ބީ ހެޕީ" އަލީ މަޝްހޫރު ކޮރިއޮގްރާފަރު ރެމޯ ޑި ސޫޒާ އާއި އޭނަގެ އަންހެނުން ލިޒެލް ޑި ސޫޒާގެ ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ. "ބީ ހެޕީ" ޑައިރެކްޓްކުރީ ވެސް ރެމޯ އެވެ.

ބައްޕައަކާއި އަންހެން ދަރިއަކާ އޮންނަ ގުޅުން ނެށުމުގެ ތެރެއިން ދައްކުވައި ދޭނެ "ބީ ހެޕީ" ގައި އަބީޝެކްގެ ދަރިފުޅުގެ ރޯލު ކުޅެފައި ވަނީ އިނާޔަތު ވަރުމާ އެވެ. މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ނޯރާ ފަތުހީ، ޖޯނީ ލީވާ އަދި ނައްސާރު ހިމެނެ އެވެ.

މަޝްހޫރު ބަތަލާ އައިޝްވާރިއާ ރާއީގެ ފިރިމީހާ އަބީޝެކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރި "އައި ވޯންޓް ޓު ޓޯކް" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޖޫންގައި ގެނެސްދޭން ހަމަޖެހިފައިވާ "ހައުސްފުލް 5" ހިމެނެ އެވެ.