Last Updated: June 9, 10:05
Tuesday, June 9, 2026
ޚަބަރު

މުލީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖޫންގައި

ކުރިން މި މަހުގެ 1 ގައި ޓެސްޓް ފްލައި ބާއްވަން ޕްލޭންކުރި މ. މުލީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ބޭއްވުން އަހަރުގެ މެދުތެރެއަށް ފަސްކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) އިން ބުނީ މިހާރު ތާވަލުކޮށްފައި އޮތީ ޖޫން 1 ގައިު ޓެސްޓް ފްލައިޓް ބާއްވަން ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތިުގެ 85 ޕަސެންޓްގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. މުލީ އެއާޕޯޓް ތަރައްގީ ކުރަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި އެއާޕޯޓަކީ 1200 މީޓަރު ދިގު، 30 މީޓާރު ފުޅާ ރަންވޭގެ އެއާޕޯޓެކެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ ފެބްރުއަރީ 28، 2021 ގަ އެވެ. އެއީ 212 މިލިއަން ރުފިޔާއަށެވެ. މި އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށީ 2021 ގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.