Last Updated: May 2, 06:04
Friday, May 2, 2025
ޚަބަރު

އޮފީސްތަކުގެ ޤުރުއާން މުބާރާތް ފަށައިފި

ރޯދަ މަހަށް ހާއްސަކޮށްގެން މި އަހަރު ބާއްވާ ޤުރުއާން މުބާރާތް ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ދަށުން ކުރިއަށްދާ މި އަހަރުގެ އޮފީސްތަކުގެ ޤުރުއާން މުބާރާތުގައި 24 އޮފީހަކުން 94 މީހަކު ވާދަކުރެއެވެ.

މި މުބާރާތުގެ ކިޔެވުން ރަމަޟާން މަހުގެ ފުރަތަމަ ހަފުތާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކިޔެވުން ކުރިއަށް ގެންދަނީ ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގަ އެވެ.

މި މުބާރާތަކީ ރަމަޟާން މަސް އިޙްޔާކޮށް ދިރުވުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.