Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އައްޑު އަށް ހެރިޓޭޖް ކޮންސަލްޓަންޓެއް ހޯދަނީ

އައްޑޫ މީދޫ ކޯގަންނު ގަބުރުސްތާން.

އައްޑު އަށް ހެރިޓޭޖް އެންޑް މިއުޒިއަމް މެނޭޖްމެންޓް ކޮންސަލްޓެންސީގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

އެތަނުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 11 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ރަޖިސްޓްރީ ވާނީ ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލަށް [email protected] ފޮނުވައިގެންނެވެ.