އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޮލަޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް ދެކޮޅު ޓިކެޓާއި އެސްޓެބްލިޝްމަންޓް އެލަވަންސާއި ސްޓައިޕެންޑް، ޓިއުޝަން ފީ އާއި ލިވިން އެލަވަންސާއި ހެލްތު އިންޝުރެންސް ސްކޮލަޝިޕް ދޭ ފަރާތުން ހަމަޖައްސައި ދޭނެ ކަމަށެވެ. އަދި ސްކޮލަޝިޕްތަކަށް ކެންޑިޑޭޓުން ހޮވާނީ ވެސް ސްކޮލަޝިޕް ދޭ ފަރާތުންނެވެ.
ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 30 އާ ހަމައަށެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޮލަޝިޕްތގަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯ އާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަން އެދިފަ އެވެ.
ސްކޮލަޝިޕްތަކާ ބެހޭ މައުލޫމާތު މި ލިންކް www.australiaawardsmaldives.org އިން ލިބޭނެ އެވެ.