Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އޭޖީ އޮފީހަށް ވަކީލުން ހޯދަނީ

ލީގަލް އެއިޑް ކޮންސަލްޓަންޓުންގެ ގޮތުގައި މަސައްކަތް ކުރާނެ ވަކީލުން ހޯދަން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އިއުލާނުކޮށްފި އެވެ.

އެ އޮފީހުން ބުނީ ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރި ކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ލީގަލް އެއިޑް ކޮންސަލްޓަންޓުންގެ ގޮތުގައި މަސައްކަތްކުރާނެ ހަ ގާނޫނީ ވަކީލުން ބޭނުންވާ ކަމަށެވެ.

އެހެންވެ އެކަމަށް ޝައުގުވެރިވާ ވަކީލުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 16 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އޭޖީ އޮފީހުން ބުނީ މިކަމާބެހޭ އިތުރު މައުލޫމާތު 7911194 އަށް ގުޅައިގެން ހޯދޭނެ ކަމަށެވެ.