Last Updated: May 2, 19:57
Friday, May 2, 2025
ޚަބަރު

ޔޫއެންގެ ޓޫރިޒަމް ސަމިޓްގައި ރާއްޖެ ބައިވެރިވެއްޖެ

ޔޫއެން ޓޫރިޒަމް މިނިސްޓަރުންގެ ސަމިޓުގައި މިނިސްޓަރު ތޯރިގް އިބްރާހީމް ބައިވެރިވެވަޑައިގެންފި އެވެ.

ޖަރުމުގައި އޮތް އެ ސަމިޓްގައި ދުނިޔޭގެ ޓޫރިޒަމް ސިނާއަތު ވަރުގަދަކުރުމާއި އިންވެސްޓްމަންޓް އިތުރުކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކެއްކޮށްފައިވެ އެވެ.

މި ސަމިޓުގައި ތޯރިގް ވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އިންވެސްޓްމަންޓް އިތުރުކުރުމާއި، އަމާންކަން ޤާއިމުކުރުމާއި، އަދި ގްލޯބަލް ޓޫރިޒަމް ރެސިލިއަންސް ވަރުގަދަކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

މި މުހިންމު ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. މި ބައްދަލުވުމަކީ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެއް ކަމުގައި ފާހަގަކުރެވެއެވެ.