Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ބްރިޖް މަތިން ފުންމާލި މީހަކު ސަލާމަތްކޮށްފި

ސިނަމާލެ ބްރިޖު މަތިން މޫދަށް ފުންމާލި މީހަކު ފުލުހުން ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހާ ފުންމާލީ މިއަދުގެ ފަހިތުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. އެހެންވެ އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ވެސް ސާފެއް ނުވެ އެވެ.

ބްރިޖްމަތިން ފުންމައިލި މީހާ ސަލާމަތް ކުރަން ދެ ޓްރެފިކް ފުލުހަކު މޫދުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.

މީގެ ކުރިން ވެސް ސިނަމާލެ ބްރިޖް މަތިން ބައެެއް މީހުން ފުންމާލާފައިވެ އެވެ.