Last Updated: June 27, 20:02
Saturday, June 27, 2026
ކުޅިވަރު

ފޭދޫ އަދި ހިތަދޫ ޓީމް އެކުވެރިކަމުގެ މެޗް މިއަދު

މިނިވަން 50 ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ހިތަދޫ އަދި ފޭދޫ ޓީމް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ތައްޔާރުވެއްޖެއެވެ.

މިއަދު ހަވީރު ފޭދޫ ދަނޑުގައި ކުޅޭ މެޗަށް ދެ ޓީމް ތައްޔާރުވެފައިވާ ކަމަށް ދެ ޓީމުންވެސް ބުނެއެވެ.

މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ޓީމް ލިސްޓްތަައް ވަނީ އޮގަސްޓް 31 ގައި އެފްއޭއެމް އާއި ހަވާލުކޮށްފައެވެ. މި މުބާރާތުގައި އައްޑޫން ވާދަ ކުރަނީ ފޭދޫ، ހިތަދޫ، މަރަދޫފޭދޫ އަދި މީދޫންނެވެ.

މުބާރާތް ފެށުމުގެ ގޮތުން ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހު މީދޫ ފުޓްބޯޅަ ދަނޑުގައެވެ. އެ މެޗްގައި ބައްދަލު ކުރާނީ ހިތަދޫ އަދި މީދޫއެވެ.

ފޭދޫ އަދި ހިތަދޫ ޓީމަކީ މި މުބާރާތުގައި އައްޑޫން ވާދަކުރާ އެންމެ ވާދަވެރި ދެ ޓީމްކަމަށް އައްޑޫގެ ފުޓްބޯޅަ ސަޕޯޓަރުން ބުނެއެވެ.

މުބާރާތަށް ޓީމްތަކުން ތައްޔާރުވަމުން އަންނަ އިރު ހެޕީމާކެޓުން ވަނީ ފޭދޫ ޓީމް ސްޕޮންސާރ ކޮށްފައެވެ.