Last Updated: June 9, 10:05
Tuesday, June 9, 2026
ޚަބަރު

އެގްރިކަލްޗަ މިނިސްޓްރީން ތަށިބަރި ހަރަކާތެއް

އެގްރިކަލްޗަ މިނިސްޓްރީގެ މުވައްޒަފުންގެ މެދުގައި ތަށިބަރި ބަދަލު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

އެ މިނިސްޓްރީން ބުނީ މިއީ ރޯދަ މަހަކީ އަޅުކަމުގެ ހާއްސަ މައްސަރަކަށްވުމާ އެކު ދޭދޭ ގުޅުންތައް ބަދަހިކޮށް އެކުވެރިކަން އާލާކުރުމުގެ ގޮތުް ފެށި ކަމެއް ކަމަށެވެ. އެގޮތުން މިއީ މިނިސްޓްރީގެ ހުރިހާ މުވަޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހި ކުރިމުގެ މަގުސަދުގައި މިނިސްޓްރީގެ "އެގްރި ރިކްރިއޭޝަން ކުލަބް" އިން ހިންގާ ހަރަކާތެއް ކަމަށް ބުންޏެވެ.

އެގްރިކަލް މިނިސްޓްރީގެ ރިކްރިއޭޝަން ކުލަބުން އަންނަނީ މަސައްކަތުގެ މާހައުލުގައި ވެސް މުވައްޒަފުންގެ މޯޓިވޭޝަން ރަނގަޅު ކުރުމަށް ގިނަ ހަރަކާތްތަކެއް ރާވަމުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.