Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ފަސް މަހުގެ މެދުކެޑުމަކަށް ފަހު އެޗްއާރްއެޗުން ރޭޑިއޯލޮޖީގެ ހިދްމަތް އަލުން ފަށައިފި

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް)ގެ ރޭޑިއޯލޮޖީގެ ހިދްމަތް މެދުކެޑިފައިވާތާ 5 މަސް ފަހުން އަލުން އެހިދްމަތް ދޭން ހޮސްޕިޓަލުން ފަށައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ ވިދާޅުވީ އަލުން ރޭޑިއޯލޮޖީގެ ހިދްމަތް ފެށުނީ އާ ރޭޑިއޮލޮޖިސްޓަކު ހޮސްޕިޓަލާއި ގުޅި މަސައްކަތަށް ނިކުތުމުން ކަމަށެވެ.

ހަފްސާ ވިދާޅުވީ ކުރިން ހޮސްޕިޓަލްގައި މަސައްކަތް ކުރެއްވި ރޭޑިއޯލޮޖިސްޓް ކޮންޓްރެކްޓްގެ މުއްދަތު ހަމަވެގެން ދިޔަ ގޮތަށް ފާއިތުވި މުއްދަތުގައި ރޭޑިއޯލޮޖިސްޓަކު ހަމަނުޖެހި ލަސްވެގެންދިޔައީ ކަމަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބޮޑެތި މަރާމާތުތަކެއް މިފަހުން ގެނެސްފައިވާއިރު އަދިވެސް ހިދްމަތްތަކާއި މެދު އާއްމުންގެ ޝަކުވާ ބޮޑެވެ.