Last Updated: June 16, 18:01
Monday, June 16, 2025
ޚަބަރު

ގޭހަށް ބޭނުންކުރާ އިންޖެކްޝަނެއް މަނާކޮށްފި

ގޭސްޓްރިކަށް ބޭނުން ކުރާ އިންޖެކްޝަނެއް މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ "ޕެންޓޮޕް 40 އިންޖެކްޝަން" ނަގައި ކޮލިޓީ މައްސަލަތަކެއް ހުރުމާ ގުޅިގެން އެ އިދާރާއިން އާއްމުކޮށްފައިވާ އެލާޓްގައިވާ ބެޗް ނަންބަރުގައިވާ އިންޖެކްޝަން ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ ވެސް މަނާ ކަމެއް ކަމަށެވެ.

މަނާކޮށްފައި ވަނީ އެ ބޭހުގެ (EMPH243030) ނަމްބަރުގެ ބެޗެވެ.