Last Updated: May 5, 21:07
Monday, May 5, 2025
މުނިފޫހިފިލުވުން

އިމްރާން ވަރުގަދަ އެކްޝަން ފިލްމަކަށް ތައްޔާރު ވަނީ

އިންޑިއާގެ އެކްޓަރު އިމްރާން ހާޝިމީ މިހާރު ވަރުގަދަ އެކްޝަން ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން މި ފިލްމަކީ އޭނަގެ ކެރިއަރުގެ އެންމެ ބޮޑެތި ހިޓްތައް ގެނެސްދިން ބަޓް ކޭމްޕްގެ ވިޝޭޝް ފިލްމްސް އިން ހަދަން ނިންމާފައިވާ ފިލްމެއް ކަމަށާއި މި މަހުގެ ތެރޭގައި ރަސްމީކޮށް ފިލްމު އިއުލާން ވެސް ކުރާނެ ކަމަށެވެ.

އެ ނޫހުން ބުނި ގޮތުގައި ވަރަށް ޝައުވެރި ވާހަކައެއް ވެސް ކިޔައިދޭނެ މި ފިލްމަކީ ވަރަށް ހިތްގައިމު މިއުޒިކް ވެސް އެކުލެވޭނެ ފިލްމަކަށް ވާނެ އެވެ.

މި ފަހުން އިމްރާން ގިނައިން ފެންނަނީ ސަޕޯޓިން ރޯލުތަލުންނެވެ. އޭނަ ކުޅެފައިވާ ވިޝޭޝްގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "މާޑާ"، "ޒެހެރު"، "ޖަންނަތު"، "ގޭންސްޓާ" އަދި "ހަމާރީ އަދޫރީ ކަހާނީ" ހިމެނެ އެވެ. އާއިލީ ގޮތުން ބަޓް ކޭމްޕާ ގުޅުން އޮންނަ އިމްރާން ވިޝޭޝް އަށް އެންމެ ކުޅުނު ފިލްމަކީ 2016 ގެ "ރާޒް: ރީބޫޓް" އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ އިން މިދިޔަ އަހަރު ގެނެސްދިން ސާރާ އަލީ ޚާންގެ "އޭ ވަތަން…މޭރޭ ވަތަން" އެވެ.

ސަލްމާން ޚާންގެ 2023 ގެ "ޓައިގާ 3" ގެ ވިލަންގެ ރޯލު ކުޅުނު އިމްރާން، 45، މިހާރު އަންނަނީ ތެލެގޫ ދެ ފިލްމެއްގައި ވެސް މަސައްކަތް ކުރަމުންނެވެ. އެއީ "ދޭ ކޯލް ހިމް އޯޖީ" އާއި "ޖީ2" އެވެ.