Last Updated: July 26, 09:53
Sunday, July 26, 2026
ޚަބަރު

ވައިލްޑްލައިފް ދުވަހާ ގުޅުވައި ފޮޓޯ މުބާރާތެއް

މި އަހަރުގެ ދުނިޔޭގެ ވައިލްޑްލައިފް ދުވަހާ ގުޅިގެން ފޮޓޯގްރަފީ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

ވައިޑްލައިފްގެ ދުވަހުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މި މަހުގެ 3 އެވެ.

އެ ދުވަހާ ގުޅުވައިގެން ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ހުޅުވައިލި ފޮޓޯ މުބާރާތަށް ފޮޓޯ ހުށަހެޅުގެ ފުރުސަތު އަންނަ މަހުގެ 3 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.މި ފޮޓޯ މުބާރާތް ބާއްވަނީ ތިން ކެޓެގަރީއަކަށެވެ. އެއީ ވައިލްޑް ލައިފް، އޭރިއަލް ޑްރޯން އަދި ހެބިޓެޓް އެވެ.

މުބާރާތުން ހޮވާލެވޭ އެންމެ މޮޅު 10 ފޮޓޯ އާޓް އެގްޒިޝަނެއްގެ ގޮތުގައި ދައްކައިލާނެ އެވެ.

އެންމެ މޮޅު ފޮޓޯ ހޮވުމަށް ހަމަޖެހިފައި ވަނީ ހުށަހަޅާ ފޮޓޯގެ ކޮލިޓީ އާއި އޭގައި ހިމެނިފައިވާ ވާހަކައަށް ބަލާ ޖަޖުންގެ ކޮމެޓީއަކުން މާކްސް ދީގެންނެވެ. ކޮންމެ ކެޓެގަރީއެއްގެ އެންމެ މަތިން މާކްސް ލިބޭ ފޮޓޯ އަކީ އެ ކެޓެގަރީއަކުން އެއްވަނަ ލިބޭ ފޮޓޯ އެވެ.