Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ގަމުގައި އިންވެސްޓް ކުރަން ހުޅުވާލައިފި

ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ގަމުގައި އިންވެސްޓްމަންޓްތައް ހިންގުމުގެ ފުރުސަތަށް ގައްދޫ ކައުންސިލުން ހުޅުވާލައިފިއެެވެ.

އެ ކައުންސިލުން ބުނީ ގައްދޫގެ ބިނާވެށި ޕްލޭންގައި ރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ގަމުގައި ވަކި ދާއިރާތަކުން މަޝްރޫޢުތައް ތަރައްޤީކޮށް ހިންގުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އިންވެސްޓް ކުރަން ހުޅުވައިލީ ޓޫރިޒަމާ ގުޅުންހުރި ކަންކަމާއި ދަނޑުވެރިކަމާއި ،މަސްވެރިކަމާއި ގުޅުން ހުރި ކަންކަމަށެވެ. މީގެ އިތުރުން ޕްރޮޑަކްޝަނާއިދި މެނުފެކްޗަރިންއާ ގުޅުން ހުރި ކަންކަމާއި ރިސާޗާ އާއި ގުޅުންހުރި ކަންކަމަށް ވެސް އިންވެސްޓް ކުރެވޭނެ ކަމަށް ގައްދޫ ކައުންސިލުން ބުންޏެވެ.

ކުއުންސިލުން ބުނީ ގަމުގައި އިންވެސްޓް ކުރަން ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. އެގޮތުން ޝޯޓްލިސްޓް ކުރެވޭ އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާފައިވާ ފަރާތްތަކަށް ރިޢާޔަތްކޮށް އެ ފަރާތްތަކަށް ބިޑު ހުށަހެޅުމަށް ފުރުޞަތު ދޭނެ އެވެ.

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 30 އާ ހަމައަށް ލެޓަ އޮފް އޮތޮރައިޒޭޝަން (އެލްއޯއީ) ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އެ ހުށަހަޅާނީ މި މެއިލް [email protected] މެދުވެރިކޮށެވެ.